ތާރީހީ ކާމިޔާބީއާއެކު ޓޫ އޮފް އަސް ގެ ޝޯވއެއް އޮލިމްޕަހަށް

އަވަަށްޓެރި އިންޑިއާގައި ބޭއްވި ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް 2025 މުބާރާތުން ތިންވަނަ ހޯދި ރާއްޖޭގެ ޓޫ އޮފް އަސް ގެ ޝޯވއެއް އޮލިމްޕަސް ސިނަމާގައި ބޭއްވުމުގެ ތައްޔާރީތައް ވާންފަށައިފިއެވެ.

 

އެ ބޭންޑުން ބުނީ މިއީ އެ މުބާރާތުގައި ވާދަކުރަމުން ދިޔައިރު، ރާއްޖޭގެ ރައްޔިތުން ދެމުންދިޔަ ތަރުހީބާއި ހިތްވަރަށްޓަކައި ބާއްވާ ޝޯވއެއް ކަމަށެވެ.

 

މި މަހުގެ 23 ވާ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރު، ބާއްވާ މި ޝޯވ އަށް ވަނުމުގެ ޓިކެޓުގެ އަގުތަކާއި ޓިކެތު ހޯދުމަށް ހަދަންޖެހޭގޮތް ވަރަށް އަވަހަށް ހާމަކުރާނެ ކަަމަށް ވެސް އެ ބޭންޑުން ބުނެއެވެ.

 

މި ޝޯވ ފެށުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ މަޝްހޫރު ބޭންޑެއްގެ ހުށައެޅުމަކުން ކަމަށާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރަދާ ޕަންދިތުގެ ހުށައެޅުމެއް ވެސް އޮންނާނެކަމަށް ބޭންޑުން ވަނީ ބުނެފައެވެ. އަދި ރާއްޖެއާއި އިންޑިޔާގެ މަޝްހޫރު ފަންނާނުންގެ ހުށައެޅުންތައް އޮންނާނެކަމަށް ބުނެއެވެ.

 


  • ޓޫ އޮފް އަސް
  • ކޮމެންޓް