ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ މިއީ "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ފެނުނު މީހެއް ކަމަށެވެ. އޭނާ ފެނުނީ މާލޭގައި ހިންގަމުން އައި ކެފޭ/ޓޭކްއަވޭ އެއް ބަލައި ފާސްކުރުމުން ކަމަށް ވެސް ވިދާޅުވިއެވެ.
އެ އިދާރާ އިން ވިދާޅުވީ އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ގިނަ އަދަދަކަށް މީހުން ވަނީ އަތުލައިގަނެފައެވެ. އަދި ބައެއް މީހުން ޑީޕޯޓުކޮށްފައިވާއިރު، ގަވާއިދުގެ ތެރެއަށް ވަނުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ވެސް ދަނީ ދެމުންނެވެ.