ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީން ކުރަން އަންނަމަހު ފަށަނީ

ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތް އަންނަމަހު ފަށާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

 

"އެމަނިކުފާނު މިފަދައިން ވިދާޅުވީ އަހާ" ފޯރަމްގެ 5ވަނަ ފޯރަމްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބާކީ ކުރަނީ ކީއްވެގެންތޯ އާންމު ރައްޔިތެއް ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

 

ކުރިއަށްވުރެ ބޮޑަށް އެފަދަ ކުދިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައްވެސް ހޯއްދަވާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ސްކޫލްތަކުގައި ލޮލަށް ނުފެންނަ 5 ކުދިން އެބަތިބިކަމަށް އިންކްލޫސިވް ޑިޕާޓްމަންޓުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކު އެފަދަ ކުދިންނަށްވެސް ކިޔަވައިދޭނެ އެންމެ ފުރިހަމަ ވަސީލަތްތަކެއް ނެތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 

ތައުލީމީ ނިޒާމުގައި އެއްވެސް ކުއްޖަކު ބާކީ ނުވާނެކަމަށާއި އެ ދާއިރާގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ތިބިނަމަވެސް މިހާތަނަށް އައިއިރު އެކުދިންނަށް ބޭނުންވާ އެންމެ ފުރިހަމަ ވަސީލަތްތައް ނެތްކަމަށް ޑރ. ޝަފީއު ވިދާޅުވިއެވެ. އަދި މިހާރުވެސް މިފަދަ ކުދިންނަށް ކިޔަވައިދިނުމަށް 600 އެއްހާ މުދައްރިސުން ބޭނުންވާ ކަމަށާއި މިހެން ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަނީ ވިދާޅުވެފައެވެ.

 


  • އެޑިއުކޭޝަން މިނިސްޓަރ
  • އެޑިއުކޭޝަން މިނިސްޓްރީ
  • ބްލައިންޑް އެސޯސިއޭޝަން
  • އެސްއޯ މޯލްޑިވްސް
  • ވީލްޗެއަރ އެސޯސިއޭޝަން
  • ނުކުޅެދުންތެރިކަން
  • ކޮމެންޓް