ގަނޑިޔަ ހިންނަވަރު ތްރީ އޮން ތްރީ ސްޓްރީޓް މުބާރާތައް ބޮޑު ތަރުހީބެއް – ގުރުއަތުލުން މިއަދު

'ގަނޑިޔަ ހިންނަވަރު' ތްރީ އޮން ތްރީ ސްޓްރީޓް ފުޓްބޯޅަ މުބާރާތުގައި ގިނަ ޓީމުތަކެއް ބައިވެރިވެ، ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

 

މިއީ ސްޕޯޓްސް އިވެންޓް ޕްލޭނަރ އިން އިންތިޒާމުކުރާ މުބާރާތެކެވެ. މި މަހުގެ 16 ވާ ހުކުރު ދުވަހު މުބާރާތް ކުޅޭނީ މާފަންނުގައި އޮންނަ ލެގޫންސް ދަނޑުގައެވެ.

 

'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން މުބާރާތް ރޭވުމުގައި އިސްކޮށްއުޅުއްވާ އޮފިޝަލެއް ވިދާޅުވީ ބައިވެރިވުމުގެ ސުންގަޑި 12 ވަނަ ދުވަހުގެ ރޭ 8 ޖެހިއިރު ހަމަވިއިރު، 16 ޓީމަކުން ބައިވެރިވާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

 

މުބާރާތުގެ ގުރުއަތުލުން މިއަދު ހަވީރު 4 ޖަހާއިރު، ސޯލްޓް ކެފޭގެ 6 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. މި ހަފުލާގައި ޓީމުތަކުގެ ތަރުތީބު އެނގިގެންދާނެއެވެ.

 

ހަމައެކަނި ހިންނަވަރަށް ނިސްބަތްވާ ފަރާތްކަށް ހުޅުވާލާފައިވާ މި މުބާރާތުގެ މަގްސަދަކީ އެފަރާތްތަކުގެ ހުނަރު ދައްކާލާ، އެކުވެރި އަދި މަޖާ މާހައުލަކުން ރަށުގެ ރައްޔިތުން ބައްދަލުވެ ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ދިނުމެވެ.

 

މި މުބާރާތުގައި ކޮންމެ ޓީމެއްގައި ވެސް 5 ކުޅުންތެރިން ހިމެނޭނެއެވެ. އަދި މެނޭޖަރާއި އޮފިޝަލަށް ވެސް ކުޅެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

 


  • ހިންނަވަރު
  • ކޮމެންޓް