މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުން ފުރައިފި

މިއަހަރުގެ ހައްޖު މިޝަންގެ މެންބަރުން ފުރާވަޑައިގެންފިއެވެ.

 

ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ހާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ހައްޖު މިޝަންގެ ފަރާތުންނެވެ.

 

ދިވެހި ހާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް އެ މިޝަންގެ ފަރާތުން ކުރަމުންދާނެއެވެ. ރާއްޖެއިން ހައްޖަށް ދާ ހައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ހައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެއެވެ.

 

އޭގެތެރޭގައި ވުޒާރާގެ ހައްޖު ސެކްޝަންގެ ބޭފުޅުންނާއި، ހައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ އިލްމުވެރިން ހިމެނެއެވެ. އަދި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާ އާއި ޕަބްލިކް ސަރވިސް މީޑިއާގެ ބޭފުޅެއް މިޝަންގައި ހިމެނެއެވެ.

 

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ހައްޖުގެ އަޅުކަމަށް ފުރާނެއެވެ.

 

 


  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް