ޑިޖިޓަލް ޓްރާންސްފޮރމޭޝަން ސިޔާސަތާއެކު އަންހެނުން އިތުރަށް ބާރުވެރިވާނެ: މިނިސްޓަރ

ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަން ސިޔާސަތުގެ ދަށުން ހިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވާނެކަމުގައި ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

 

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ވަނީ އޭގެސަބަބުން އިގްތިޝާދުގައި ހަމަހަމަ ބައިވެރީންނަށްވުމުގެ ފުރުސަތު ވެސް ބޮޑުވެގެންދާނެ ކަމަށެވެ.

 

"ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަރނެޓް ގުޅުންތައް އަންހެނުންނަށް ދިނުމެއް ނޫން. ތައުލީމު، ސިއްހަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރި ކުރުވުން."

 

މީގެއިތުރުން އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު އާއިލާތަކާއި މުޅި މުޖުތަމައަށް އަދި މުޅި އިގްތިސާދަށް ވެސް އޭގެ ފައިދާ ކުރާނެކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު، ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގ ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުވާ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މާމަދު ނޫންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

 

މިނިސްޓަރު ވިދާޅުވީ އެ ނިސްބަތް ދަނީ އިތުރުވަމުން ކަމަށާއި ރާއްޖޭގައި އަންހެން ދަރީންނަށް ތައުލީމު ހާސިލު ކުރުމުގައި ތަފާތު ކުރުމެއް ނެތި ފުރުސަތު އޮންނަކަމަށެވެ.

 

ކޮންމެ އަހަރެއްގެ މެއި 17 ގައި މި ދުވަސް ފާހަގަކުރާއިރު، މިއަހަރުގެ ޝިއާރަކީ "ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން" އެވެ.

 


  • ހޯމް މިނިސްޓްރީ
  • ކޮމެންޓް