ކީރިތި ގުރްއާން ކިޔެވުމަކީ އާދައެއްގެ ގޮތުގައި ހެއްދެވުމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.
ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމާއި އިނާމުދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގާ އެމަނިކުފާނު ވަނީ ގުރުއާން ކިޔެވުމަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި އަދި އާދައެއްގެ ގޮތުގައި ހުރިހާ އެންމެންވެސް ހެދުމަސް އިލްތިމާސް ކުރައްވާފައެވެ. އަދި ގުރުއާން މުބާރާތްތަކުގައި ލޯތްބާއި، ޝައުގުވެރިކަމާއެކު ބައިވެރިވާ ފަރާތްތަކުގެ އަދަދު އިތުރުވެގެންދާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޤުރުއާން ކިޔެވުމަކީ މުބާރާތަކަށްވާ ތައްޔާރީއެއްގެ ބަދަލުގައި، ޤުރުއާން ކިޔެވުމަކީ ދިރިއުޅުމުގެ ބައެއް ކަމުގައި ހެއްދެވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ޕީއެސްއެމްއިން ބާއްވާ ކުޑަކުދިންގެ ގުރުއާން މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމަށާއި ތަޖުވީދުގެ ހަމަތަކަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތަކެވެ.
ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446ގެ 1 ވަނަ ހާސިލްކުރީ ހދ. ކުޅުދުއްފުށީ ޝަބުނަމީގޭ ޢާއިޝަތު ބިންތު އިބްރާހީމް ރަޝީދު ޙަސަނެވެ. ދެވަނަ ހޯދީ ގ. އަލިއާބާދު، މިޝްޔާ ބިންތު ޙަސަންއެވެ. ތިން ވަނަ ހޯދީ ވ. ޅަސަނދު މުޙައްމަދު މަޢާން ބިން މުންޠަޒިމެވެ.