ޓޫ އޮފް އަސް ގެ ޝޯވގެ ޓިކެޓު އަގުހެޔޮކޮށްފި

ޓޫ އޮފް އަސް ގެ ޝޯވގެ ޓިކެޓު އަގުހެޔޮކޮށްފިއެވެ.

 

އޮލިމްޕަސް ސިނަމާގައި މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 8 ން 12 ޖަހަންދެން ބާއްވާ މި ޝޯވ ގައި ތިން ގިންތިއެއްގެ ޓިކެޓު ވިއްކުމަށް ވަނީ ނިންމާފައެވެ.

 

އެގޮތުން ޕްލެޓިނަމް ޓިކެޓެއް ލިބޭނީ 1،000 ރުފިޔާއަށެވެ. މި ޓިކެޓާއެކު ޕްރައިމް ސީޓިންގ، ސުވެނިއަރސް އަދި އެކްސްކްލޫސިވް ގިފްޓްސް ހިމެނެއެވެ. އަދި ޝޯވގައި ބައިވެރިވާ އިންޑިއާގެ ސެލެބްރިޓީސްއާއި ޓޫ އޮފް އަސްއާ ބައްދަލުވުމުގެ ފުރުސަތާއި އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތަކާއި ކޮންސެޓަށް ފަހު އޮންނަ އިންޑިއަން ޑިނަރގައި ބައިވެރިވެ، ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް ލިބުމުގެ ފުރުސަތު އޮވެއެވެ.

 

ގޯލްޑު ކެޓަގަރީގެ ޓިކެޓެއް 500 ރުފިޔާއަށް ލިބޭއިރު، އެކްސަލެންޓް ސީޓިންގ، ސުވެނިއަރސް އާއި ގިފްޓްސް، އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް އަދި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް ލިބެއެވެ.

 

ދެންއޮތީ ބްރޯންޒް ކެޓަގަރީއެވެ. 250 ރުފިޔާ އަށް ލިބޭ މި ކެޓަގަރީގެ ޓިކެޓުގައި ސުވެނިއަރސް އަދި ގިފްޓްސް އާއި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

 

އޮލިމްޕަހުގައި ބާއްވާ ޝޯވގައި ބެޓްލް އޮފް ބޭންޑްސް ޝޯގެ ހޯސްޓު ކޭތަން ސިންގއާއި ދެ ފަނޑިޔާރުންނާއި ބޭރުގެ ބައެއް ފަންނާނުންނާއި ރާއްޖޭގެ ބައެއް ފަންނާނުން ވެސް ފެނިގެންދާނެއެވެ.

 

ޓޫ އޮފް އަސް” ބޭންޑުން ވަނީ އިންޑިއާގެ “ބެޓްލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލް” ގެ ދެވަނަ ރަނަރަޕްކަން ހޯދާފައެވެ.

 


  • ޓޫ އޮފް އަސް
  • ކޮމެންޓް