ރައުދު އަހުމަދު ޒިލާލު ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
އޭނާ މީގެކުރީންވެސް ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމުން ރަޝީދު އާއެކު ހާދިސާ ހިނގިއިރު އުޅުނުކަމުގެ ތުހުމަތުގައެވެ.
އޭނާ ބަންދުން ދޫކޮށްލައިފައިވާކަން މިއަފު އެނގުނީ ހައިކޯޓުގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ރައުދުގެ ބަންދުގެ އިސްތިއުނާފުގެ މައްސަލަ އެކޯޓުން ބާތިލުކުރުމުންނެވެ.
ހައިކޯޓުގެ ދައުވާ ފޯމު ބާތިލުކުރި ރިޕޯޓުގައި މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނިކޮށް އިސްތިއުނާފުކޮށްފައިވާ ބަންދު އަމުރުގެ ދަށުން ފުލުހުންގެ ބަންދުގައި ހުރި ރައުދު މިއަދު ހެނދުނުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާކަމަށް ވަނީ ބުނެފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރައުދު ބަންދުން ދޫކޮށްލައިފައިވަނީ ފުރިހަމަ ކުރަންޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަ ކުރެވިފައިނުވާތީ ކަމަށެވެ. އަދި އައު ކޯޓު އަމުރެއްގެ ދަށުން އޭނާ މިހާރުވަނީ އަލުން ހައްޔަރުކޮށްފައި ކަމަށެވެ.