ދިވެހި ހައްޖުވެރިންނަށް މައްކާގައި ހާއްސަ ކްލިނިކެއް ގާއިމުކޮށްފިއެވެ.
މިކަން ހާމަކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއީ ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ހަދަން ސައުދީގެ ސަރުކާރުން ދިވެހި ހައްޖުމިޝަނަށް ރަސްމީކޮށް ހުއްދަ ދިނުމާއިގުޅިގެން ގާއިމުކުރި ކްލިނިކެއް ކަމަށެވެ.
މި ކްލިނިކް ގާއިމު ކޮށްފައިވަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ގާއިމުކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑް ވެސް ހުންނާނެ ކަމަށާއި މިއީ މިގޮތަށް ސައޫދީ ހޮސްޕިޓަަލަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ގާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރު ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.