މާލެ ސިޓީގެ ތިން ކައުންސިލަރަކު ޗައިނާއަށް

ސީނުކަރައަށް ފުރި ތިން ކައުންސިލަރުން

މާލެ ސިޓީގެ ތިން ކައުންސިލަރަކު ޗައިނާއަށް ފުރައިފިއެވެ.

 

ސިލްކް ރޯޑް ސިޓީތަކުގެ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ އިއްތިހާދު "ސިލްކް ރޯޑް ޑައިލޮގް 2025" ގައި ބައިވެރިވުމަށް ފުރީ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމާއި، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު ޔުމްނާ އަދި މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން ޢަލީއެވެ.

 

މި ސިލްކް ރޯޑް ޑައިލޮގް މި އަހަރު އޮތީ ޗައިނާގެ ޗެންގްޑޫގައި މެއި މަހުގެ 28 އިން 29 އަށެވެ.

 

މި ޑައިލޮގްގެ ފުރަތަމަ ބައި، މެއި 28 ވަނަ ދުވަހު ހެދުނު ފެށުމަށް ހަމަޖެހިފައިވާއިރު، މި ބައިގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާއްދީ ނޫން ސަގާފީ ތަރިކައިގެ މައުރަޒު އިފްތިތާހު ކުރުމެވެ. އަދި މި މައުރަޒު ކުރިއަށް ދާނީ ޗައިނާގެ ވޫޒޯޗިންގ އެގްޒިބިޝަން ސެންޓަރުގައެވެ.

 

މީގެއިތުރުން މި "ސިލްކް ރޯޑް ޑައިލޮގް" ގެ އިފްތިތާހީ ރަސްމިއްޔާތުގައި މައިގަނޑު ތަގުރީރުތަކާއި ޕެނަލް މަޝްވަރާތައް ވެސް ކުރުމަށް ވަނީ ހަމެޖިފައެވެ.

 

މި ސިލްކް ރޯޑް ޑައިލޮގްގައި 174 މެމްބަރު ގއުމުތަކުގެ ސިޓީތަކުން ބައިވެރިވެއެވެ. އޭގެތެރޭގައި ޗައިނާގެ ސިޓީތަކުގެ މޭޔަރުންނާއި ކައުސިލަރުންނާއި މިސްރު، މޯލްޓާ، ރަޝިޔާ، ޕިލިޕީންސް، އިނގިރޭސި ވިލާތް ފަދަ ބޮޑެތި ގައުމުތަކުގެ މޭޔަރުންނާއި ކައުންސިލަރުން ހިމެނެއެވެ.

 


  • ޗައިނާ
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް