މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަސް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ މާދަމާއަކީ ހައްޖުމަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އަދި ސައުދީ އަރަބިއްޔާ އަށް މިހިނގާ މޭ މަހުގެ 28 ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަސް ކަމަށެވެ.
އެހެންކަމުން މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވާ ބުރާސްފަތި ދުވަހަކީ 1446 ވަނަ އަހަރުގެ ހައްޖު ދުވަސް އަރަފާތު ދުވަސް ކަމުގައި ވިދާޅުވިއެވެ.
ދިވެހި ކަލަންޑަރުގައިވާ ގޮތުން ވެސް އަންނަ ބުރާސްފަތި ދުވަހަކީ ހައްޖުދުވަހެވެ. މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ ޖޫން މަހުގެ 6 ވާ ހުކުރު ދުވަހެވެ.