އިސްރަށްވެހިންނަށް އާޓް ކުލާހަކާއި އިސްލާމީ ޝަރީއަތާބެހޭ މައުލޫމާތު ސެޝަނެއް

އިސްރަށްވެހިންނަށް އާޓް ކުލާސްތަކެއް ފަށައިފިއެވެ.

 

މިއީ އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ކުލާސްތަކެކެވެ. ޖެންޑަރ މިނިސްޓްރީ އާއި އާރޓީ ފިންގަރސް ގުޅިގެން ކުރިއަށްގެންދާ މި ކުލާސްތައް ކުރިއަށް ގެންދަނީ އެފަރާތްތަކުގެ ދިރިއުޅުމުގައި އުފާވެރިކަމުގެ ކުލަޖެއްސުމުގެ މަގުސަދުގައެވެ.

 

ހަފުތާއެއްގެ މުއްދަތަށް މި ކްލާސްތައް ކުރިއަށް ދަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެންނެވެ.

 

މީގެއިތުރުން ޖެންޑަރ މިނިސްޓްރީން ވަނީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިސްލާމްދީނާއި އިސްލާމީ ޝަރީއަތާބެހޭ މައުލޫމާތު ސެޝަނެއް ވެސް ބާއްވާފައެވެ. މިއީ މާލެ އިސްރަށްވެހިންގެ ނާދީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ސެޝަނެކެވެ.

 

 

މި ސެޝަން ތެރެއިން އިސްރަށްވެހިންނަށް ވަނީ އިސްލާމީ ޝަރީއަތާއި އިސްލާމީ ޝަރީއަތުގެ ސިފަތަކާއި ގުޅޭ ގޮތުން މުހިންމު މައުލޫމާތު ހިއްސާކޮށްފައެވެ.

 

އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު 55 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް އޮވެއެވެ. އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ގޮސްގެން މި ޕްރޮގްރާމުތަކުގައި ބައިވެރިވެވޭނެއެވެ. އަދި އިތުރު މައުލޫމާތު ސާފު ކުރުމަށް ނާދީގެ ނަންބަރު 3027586 ގުޅުމަށް ވަނީ މިނިސްޓްރީން އެދިލައްވާފައެވެ.

 


  • އިސްރަށްވެހިން
  • ޖެންޑަރ މިނިސްޓްރީ
  • އިސްރަށްވެެހިންގެ ނާދީ
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް