ޔޫ.އެން.ޑީ.ޕީގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ ޕްރެޒެންޓޭޝަނުގެ ރަސްމިއްޔާތުގައި ޑރ. މާރިޔާ

ޔޫ.އެން.ޑީ.ޕީގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ ޕްރެޒެންޓޭޝަނުގެ ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިނަވައިފިއެވެ.

 

އެކަމަނާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

 

ޔޫ.އެން.ޑީ.ޕީ އާއި ވިމެން އިން ފުވައްމުލައް (ޑަބްލިޔު.އައި.އެފް) ގުޅިގެން ހުށަހަޅައިދިން މި ޕްރެޒެންޓޭޝަނުގައި ފާހަގަކުރެވުނީ ޔޫ.އެން.ޑީ.ޕީ އާއި ޖީ.އީ.އެފްގެ އެހީތެރިކަމާއެކު ފުވައްމުލަކުގައި ކުރިއަށްދާ ދެމެހެއްޓެނިވި ދަނޑުވެރިކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކެވެ.

 

ފުވައްމުލަކު މުޖުތަމައުން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތްތަކުން ދައްކުވައިދެނީ ގައުމީ ތަޞައްވުރާ އެއްގޮތަށް، އެކުލެވޭ، ބާރުވެރިކުރުވާ އަދި ތިމާވެއްޓަށް ހޭލުންތެރި ރާއްޖެއެއް ބިނާކުރުމަށް ހިންގޭ ޢަމަލީ އަދި ނަތީޖާ ހާސިލުކުރެވޭ ހައްލުތަކެކެވެ.

 

އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތްކުރުމަކީ ދުރު ރާސްތާގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށާއި، ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

 


  • ޑރ. މަރްޔަމް މާރިޔާ
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް