ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ތެރެއިން 499 މީހުން މައްކާއަށް ވާސީލްވެއްޖެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި އެމަނިކުފާނު ވަނީ އެންމެހައި ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި ރާއްޖޭގެ ހައްޖު މިޝަނުން ދަނީ ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުން ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން އެ ކޯޕަރޭޝަނުން ވަނީ ފުރިހަމަ އިންތިޒާމުތަކެއް ވެސް ކޮށްފައިކަަމަށް ވިދާޅުވިއެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕު މިމަހު 26 ގައި ފުރިއިރު، ދެވަނަ ގްރޫޕު ފުރީ 27 ވަނަ ދުވަު ހެނދުނު ރާއްޖޭގެ ގައުމީ އެއަރލައިނުގައެވެ.
މި އަހަރުގެ ހައްޖު މޫސުމުގައި "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ހައްޖުވެރިންނަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާއިރު، ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ އެންމެހައި ކަންކަން އަމިއްލަ ގައުމުގެ އެަރޕޯޓުގައި ތިބެ ނިންމުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން މައްކާ އެއަރޕޯޓުގައި މަޑުނުކޮށް، ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ވެއެވެ. އަދި ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ.