ގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ފާހަގަވި މީހުން ކަމަށެވެ. އަދި އެއީ އިއްޔެ ރޭ ހުޅުމާލޭގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެ އިދާރާ އިން އަންނަނީ މާލޭގައި ހިންގަމުންދާ ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ތަންތަނަށް ހާއްސަކޮށްގެން ވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި އަތޮޅުތަކުގައި ވެސް ހިންގައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި، އެފަދަ ބިދޭސީން ޑީޕޯޓް ކުރަމުން އަންނައިރު، މިހައިތަނަށް ހިންގާފައިވާ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ.