ސައްހަ ލިޔެކިޔުން ނެތް 25 ބިދޭސީން އިމިގްރޭޝަނަށް

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިތުރު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

 

އެ އިދާރާ އިން ވިދާޅުވީ ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ދަށުން މެއި 29 ވަނަ ދުވަހުގެ ރޭ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 102 ބިދޭސީން ޗެކްކޮށްފައިވާ ކަމަށެވެ.

 

މީގެތެރެއިން ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ވިދާޅުވިއެވެ. އަދި މިއީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ މީހުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންއަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ކަމާއިގުޅުންހުރި އިދާރާތަކުން އަންނަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ މަސައްކަތްތަކުގެ ދަށުން ބައެއް މީހުން ޑީޕޯޓުކޮށްލާފައިވެސް ވެއެވެ.

 


  • އިމިގްރޭޝަން
  • ބިދޭސީން
  • ކޮމެންޓް