ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ

ރައީސް ޑރ. މުޢިއްޒު، އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

 

މިކަން ހާމަކޮށް ޓައިމްސް އޮފް އިންޑިއާ" ގައި ބުނެފައިވަނީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަސްމީ ދައުވަތު އަރުވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ކަމަށެވެ.

 

ބޮޑުވަޒީރު މޯދީ ރާއްޖެވަޑައިގަންނަވަނީ ޖުލައި 26 ވަނަ ދުވަހު ބާއްވާ މިނިވަންދުވަހުގެ ރަސްމިއްޔާތަށް ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ނޫހުގައި ވެއެވެ.

 

އެހެންނަމަވެސް މިކަމާއިގުޅޭ ރަސްމީ ބަހެއް ދެގައުމުގެ ސަރުކާރުން ވެސް މިހައިތަނަށް ހާމައެއްނުކުރައްވައެވެ.

 

މިދަތުރުފުޅުގައި މޯދީ ވަޑައިގެންފިނަމަ، މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެއެވެ.

 


  • އިންޑިއާ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް