މިއަހަރުގެ އަޟުހާ އީދު ދުވަހުގެ ހަވީރު ދެގަޑިއިރަށް މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާވާނެ ކަމުގައި މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އެކައުންސިލުން ވިދާޅުވީ އަޟްހާ އީދު ދުވަހު ހަވީރު ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި ވެހިކަލްތައް ދުއްވުން މަނާވާނީ ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެން ކަމަށެވެ. މިވަގުތުގައި ދުއްވޭނީ އެމެޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކަރ އޮތް ފަރާތްތަކަށް ކަމަށް ވެސް ކައުންސިލުން ވިދާޅުވެއެވެ.
މި ހާއްސަ ސްޓިކަރ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) ޖޫން 6 ވާ ހުކުރު ދުވަހުގެ ހެނދުނު 8:30 ން 10:30 އަށް އަދި މެންދުރުފަހު 2 ން 3:45 އަށް ދޫކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ އުޅަނދު ދުއްވުން މަނާ ވަގުތުތަކުގައި މިކަމާއި ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.