އަރަފާތުގެ އަޅުކަމުގައި އުޅުނަސް ފަލަސްތީނު ރައްޔިތުންގެ މަތީން ހަނދާން ނައްތާނުލާތި: ޑރ. ޝަހީމް

އަރަފާތުގެ އަޅުކަމުގައި އުޅުނަސް ފަލަސްތީނު ރައްޔިތުންގެ މަތީން ހަނދާން ނައްތާނުލުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ގޮވާލައްވައިފިއެވެ.

 

އަރަފާތު ބިމުގައި ހުންނަވައި، ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އެމަނިކުފާނު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައްހާސް ބަޔަކު އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި އަރަފާތުބިމުގައި ތިބުމުން ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަޚުވަތްތެރިކަން ކަމުގައެވެ. އަދި އޯގާވަންތަވެރިކަމާއި ރޫހާނިއްޔަތުކަމާއި ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން، ގުޅުން ރަމްޒުކޮށްދިނުން ކަމަށެވެ.

 

މީގެއިތުރުން އަރަފާތް ދުވަހަކީ އިސްލާމީ އުންމަތުގެ މަތިވެރިކަމާއި، އުފާވެރިކަމާއި، އެކަކު އަނެކަކާ އޮންނަ ގުޅުން ރަމްޒުކޮށްދޭ މާތް ދުވަހެއްކަމަށާއި މިއަހަރުގެ އަރަފާތް ދުވަސް އަންނަނީ އިސްލާމީ އުންމަތަށް ވަރަށް ހިތާމަވެރި ދުވަސްވަރެއްގައިކަން ފާހަގަކުރެއްވިއެވެ.

 

ހާއްސަކޮށްް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމާއި ބަނޑުހައި ހޫނުކަމާއި، މިކަންކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް އަރަފާތް ދުވަސް ބައްދަލުކުރާއިރުގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުއާކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

 


  • ސައުދީ އަރަބިއާ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ޑރ. ޝަހީމް
  • ފަލަސްތީން
  • ކޮމެންޓް