އީދު ފާހަގަކުރުމަށް ޑރ. ޢާއިޝަތު ޝިހާމް ހައްދުންމައްޗަށް

މިއަހަރުގެ އަޟުހާ އީދު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ޖެންޑަރ މިނިސްޓަރ ޑރ. ޢާއިޝަތުު ޝިހާމް ހައްދުން މައްޗަށް ވަޑައިގެންފިއެވެ.

 

އެކަމަނާގެ މި ދަތުރުފުޅުގައި ސަރުކާރުން މިއަހަރު ހައްދުންމަތީ ގަމުގައި ފާހަގަކުރާ 1446 ވަނަ އަހަރުގެ އަޟްހާ އީދުގެ ހަރަކާތްތަކާއި ކުޅިވަރުތައް ޝަރަފުވެރިކޮށްދެއްވާނެއެވެ.

 

މިނިސްޓަރަށް ލ. ކައްދޫ އެއަރޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހައްދުއްމަތީ ގަމު ދާއިރާގެ މެމްބަރު ޔޫސުފް ނަޝީދާއި، ގަމު ކައުންސިލުގެ ރައީސް އަޙްމަދު ޒަކީއާާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒުއެވެ. އަދި އެ މިނިސްޓްރީގެ ޓީމުގެ ބޭފުޅުންނާއި ފޮނަދޫ ކައުސިލްގެ ރައީސް އަޙްމަދު ރިޔާޒާއި ޖެންޑަރ މިނިސްތްރޫގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޒުހުރުބާނު ވެސް ހުންނެވިއެވެ.

 

ހައްދުންމަތީ ގަމުގެ ތިން އަވަށުގައި ވެސް ވަރަށް ފޯރިޔާއެކު މި އަހަރު ގެ އަޟްހާ އީދު ފާހަގަ ކުރުމަށް ގަމުގެ ރައްޔިތުން ދަނީ އެންމެ ފަހުގެ ތައްޔާރީތައްވަނުންނެވެ. ރަށުގެ ހުރިހައި އުމުރެއްގެ އަންހެން ފިރިހެންނާއި ޒުވާނުންނާއި އިސް ރަށްވެހީންގެ ބައިވެރިވުމާއެކު ކައުންސިލުގެ ފަރާތުން ދަނީ މި ފަހަރުގެ އީދު އެހެން އަހަރުތަކާ ޚިލާފަށް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރީތައްވަމުންކަމުގައި ގަމު ކައުންސިލްގެ ރައީސް ޒަކީ ވިދާޅުވިއެވެ.

 

އެރަށުގައި އީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އޮންނަ އީދު ވެދުމާ ދިއުމުގެ ހަރަކާތުންނެވެ.

 


  • ހައްދުންމަތި
  • އަޟްހާ އީދު
  • ޖެންޑަރ މިނިސްޓްރީ
  • ކޮމެންޓް