ފާފައެއް ކުރެވިއްޖެނަމަ އެކަމާ ހިތާމަކޮށް އަވަހަށް ތައުބާވޭ: ހައްޖު ހުތުބާ

އިސްލާމީ އުންމަތަށް ތަގުވާވެރިކަމުގެ މުހިންމުކަން ހައްޖު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

ޝައިޚް ސާލިހް ދެއްވި ހުތުބާގައި އިމާންތެރިކަން އިސްކޮށްފި ނަމަ ބޭއިންސާފާއި ޝިރުކުން ސަލާމަތްވާނެ ކަމަށާއި އެފަދަ މީހުންނަކީ ސީދާ ތެދުމަގާއި ﷲ ގެ ރައްކާތެރިކަން ލިބިގެންވާ މީހުންކަން ފާހަގަކުރިއެވެ. އަދި ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި ދީނުގެ އެހެން ރުކުންތައް އަދާކުރުމަށާއި ހާއްސަކޮށް ޒަކާތުގެ ވާހަކަ ވަނީ ފާހަގަކޮށްފައެވެ.

 

ނަމިރާ މިސްކިތުގައި ދިން ހުތުބާގައިވަނީ އިސްލާމް ދީން ބިނާވެފައިވާ އަސާސީ ތިން ބައިކަމުގައިވާ އީމާން ކަމާއި އިހުސާންކަމާއި އިސްލާމްކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

 

އިމާންކަމާއި އިސްލާމްކަމުގެ ރުކުންތައް ހަނދުމަކޮށްދީ އެރުކުންތަކުގެ މުހިއްމުކަން ހާމަކުރައްވައި، އިމާންކަމުގެ މަތިވެރިކަމާއި ރަހިމުގެ ގުޅުން ދެމެހެއްޓުމާއި މައިންބަފައިންނަށް ކަމޭ ހިތުމާއި ތެދުބަހުން ވާހަކަދެއްކުމުގެ މުހިއްމުކަން ފާހަގަކުރިއެވެ. އަދި އަހުދަށް ވަފާތެރިވުމާއި، އަހްލާގީ ރީތި ސިފަތައް އަށަގެންނެވުމާއި ދިމާވާ މުސީބަތްތަކަށް ކެތްތެރިވުމަށްވެސް ނަސޭހަތްތެރިވިއެވެ.

 

މީގެއިތުރުން ލިބޭ ނިއުމަތްތަކަށް ޝުކުރުވެރިވުމަށާއި ފާފައެއް ކުރެވިއްޖެނަމަ އެކަމާ ހިތާމަކޮށް ތައުބާވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

 


  • ހައްޖު
  • ކޮމެންޓް