އެމްއެންޑީއެފް ބޭންޑުގެ ހާއްސަ ހަރަކާތެއް ހުޅުމާލޭގައި މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިހަރަކާތް ކުރިއަށްދާނީ މިރޭ 9 ން 10 ޖަހަންދެނެވެ. މާލެ ސަރަހައްދުގައި އީދުގެ ހަރަކާތްތައް ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދަނީ އެމްއެންޑީއެފް އިންނެވެ.
"ޢީދުހަވީރު 1446" ގެ ނަމުގައި މިއަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ބާއްވާ މި ހަރަކާތުގެ ބޭނުމަކީ އީދު ބަންދުގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި ހަވީރުގެ ތެރެއިން މާލޭ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނާއި ހުޅުމާލޭ ސެންޓްރަލް ޕާކާއި ހުޅުމާލޭ ފޭސް 2 ހިޔާ ޕާކު ސަރަހައްދުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާއިރު، ހުޅުމާލޭ ސެންޓްރަލް ޕާކާއި ހިޔާ ޕާކު ސަރަހައްދުގައި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ.
މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ހަރަކާތްތަކުގައި އެޗްޑީސީ، އެމްއޭސީއެލް، އެމްޓީސީސީ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، ބީސީސީ އަދި އެސްޓީއޯ ފަދަ ކުންފުނިތައް ވަނީ ބައިވެރިވެފައެވެ. އަދި އާކޭޑް ހަބްގެ ހާއްސަ ގޭމިންގ ސްޓޭޝަނެއް ވެސް ސެންޓްރަލް ޕާކުގައި ވަނީ ބަހައްޓާފައެވެ.