ރާއްޖެ

ރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރއަކަށް ކެތްރީނާ

ރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.

 

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން މިކަން ހަމަޖައްސައި، އެމްބެސެޑަރކަން ދީފައިވަނީ ހޫނު މޫސުމާއި ގުޅުވައި ކުރިއަށް ގެންދާ ކެމްޕެއިނުގެ ދަށުންނެވެ. އެގޮތުން މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދީ، ހިތްގައިމު ކަނޑުގެ މަންޒަރުތައް ޕްރޮމޯޓުކޮށް މަތީ ފަންތީގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވަނީ ނިންމާފައެވެ.

 

އެމްއެމްޕީއާރްސީން ވަނީ ކެޓްރީނާއަކީ ދުނިޔޭގެ އެކި ކަންކޮޅުގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެއްކަމުން ބޮލީވުޑްގެ އެންމެ އަގު ބޮޑު އެއްތަރީގެ ގޮތުގައި ފާހަގަކޮށް، ބޮލީވުޑުގެ ކާމިޔާބު ބަތަލާއެއްގެ އިތުރުން ކާމިޔާބު އަންހެން ވިޔަފާރިވެރިއެއްކަން ވެސް ފާހަގަކޮށްފައެވެ.



ކެތްރީނާ ބުނީ ދިވެހި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ފުސަތު ލިބުމަކީ ވަރަށްބޮޑު ދިއުމަކީ އޭނާއަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި ރާއްޖެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ކެތް މަދުވެފައިވާ ކަމަށެވެ.

 


  • ވިސިޓް މޯލްޑިވްސް
  • އެމްއެމްޕީއާރްސީ
  • ފަތުރުވެރިކަން
  • ކޮމެންޓް