ދިވެހި ހައްޖާޖީން ރާއްޖެ އަންނަން ފަށައިފި

ރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހައްޖުވެރިން އަންނަން ފަށައިފިއެވެ.

 

ހަތަރު ފްލައިޓަކަށް ބަހާލައިގެން ހައްޖާޖީން ރާއްޖެ ގެނައުމަށް ނިންމާފައިވާއިރު، ފުރަތަމަ ފްލައިޓު މިއަދު މެންދުރު ވަނީ ރާއްޖެ އައިސްފައެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެއައިސްފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ.

 

ހައްޖާޖީންގެ ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު، ތިން ވަނަ ގްރޫޕުގެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ގްރޫޕު ރާއްޖެއަށް އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

 

މިއަހަރަކީ ދިވެހި ހައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު އަހަރެކެވެ. އެގޮތުން ހައްޖުވެރިން މިފަހަރު ސައޫދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާއެކުގައެވެ. އަދި މިނާ ފޭލިގެތަކުގެ ކެޓެގަރީ ބީ ކެޓެގަރީއަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރު މަތިކުރެވުނު އިރު ޢަރަފާތުގެ އިންތިޒާމްތައ ްވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ ބޮޑުތަނުން ރަނގަޅު ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

 

 


  • ސައުދީ އަރަބިއާ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް