ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ހާއްސަ ފުލޫ ކްލިނިކްތަކެއް ހުޅުވައިފިއެވެ.
އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވި މި ކްލިނިކްތަކުގެ ތެރެއިން އައިޖީއެމްއެޗުގެ ކްލިނިކް ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން ރޭގަނޑު ދިހައެއް ޖަހަންދެން ހުޅުވާފައި ހުންނާނެއެވެ. އައިޖީއެމްއެޗްގެ ފުލޫ ކްލިނިކަށް ދައްކަންދާން ބޭނުންވާ ހުރިހާ ފަރާތްތަކުން ވެސް ފުރަތަމަ ދާންޖެހޭނީ އީ.އާރް ޓްރިއޭޖް ކައުންޓަރަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ކިއުބީ ޓޯކެން ސިިސްޓަމުން ފްލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރިއޭޖުން އިރުޝާދު ދޭނެ ކަމަށް ވެސް ބުނެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ހައްޖު ފްލޫ ކްލިނިކް ހުުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު ދޭކުން ރޭގަނޑު އަށެއް ޖަހަންދެނެވެ. މި ކްލިނިކުގެ އިތުރު މައުލޫމާތު 1417 އަށް ގުޅުމުން ލިބޭނެއެވެ.
މި ކްލިނިކްތަކަށް ދާއިރު، މާސްކު އަޅައިގެން ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.