ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން: ފައްޔާޟު

ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމުގައި އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޟް އިސްމާއީލް ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދުު ނަޝީދާއެކު މެންދުރުގެ ފަރިއްކޮޅަކަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

މިއީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ފަރިއްކޮޅެކެވެ.

 

" ރ. ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."

 

މީގެއިތުރުން ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލުބަަދަލުކުރެވިއްޖެކަމުގައި ވެސް ވިދާޅުވިއެވެ. އަދި ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމުގައި ވެސް ވިދާޅުވެފައި ވެއެވެ.

 

މި ބައްދަލުވުން ބާއްވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރަށްވާނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ކުރައްވާފައިވާ ދަނޑިވަޅެެއްގައެވެ. އަދި ފައްޔާޟު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަށްވާނެކަން އިއުލާނު ކުރައްވާފައެވެ.

 

ދަ ޑިމޮކްރެޓްސްއަކީ ނިމިދިޔަ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އައިއިރު، އެމްޑީޕީގެ އެތެރޭގައި އުދެނުު ހިޔާލުތަފާތުވުމާއެކު އުފެދުނު ދެކަފިވުމެކެވެ. އެގޮތުން ރައީސް ނަޝީދާއި ރައީސް ސާލިހަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވެސް ވަނީ ބަދަލުކޮށްފައެވެ.

 

އޭގެ ނަތީޖާއަކަށް ވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމެވެ. ހަމަމިއާއެކު ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އުޅުއްވި ބައެއް މެމްބަރުން ވަނީ އެނބުރި އެމްޑީޕީ އަށް ވެސް ގުޅިފައެވެ.

 


  • ދަ ޑިމޮކްރެޓްސް
  • ރައީސް ނަޝީދު
  • އެމްޑީޕީ
  • ސިޔާސީ ޕާޓީ
  • ކޮމެންޓް