ގަވާއިދާ ހިލާފަށް އުޅުނު 4 ބިދޭސީން އިމިގްރޭޝަނަށް

ގަވާއިދާ ހިލާފަށް އުޅުނު 4 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

 

އިމިގްރޭޝަނުން ވިދާޅުވީ މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސް އިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި ހޯދި މީހުން ކަމަށެވެ. އަދި އިއްޔެ ވަނީ ހުޅުމާލޭގައި ހިންގަމުންދާ 5 ކެފޭ/ޓޭކްއަވޭ އެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

 

މި ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ 4 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ހާމަކުރައްވައެވެ.

 

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންއަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ކަމާއިގުޅުންހުރި އިދާރާތަކުން އަންނަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ މަސައްކަތްތަކުގެ ދަށުން ބައެއް މީހުން ޑީޕޯޓުކޮށްލާފައިވެސް ވެއެވެ.

 


  • އިމިގްރޭޝަން
  • ބިދޭސީން
  • ކޮމެންޓް