އަރަބި ބަސް ކިޔަވަން ބޭނުންތަ؟ މިއޮތީ ފުރުސަތެއް

އެއްވެސް ވަރަކަށް އަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން "އަހަރެންވެސް ޢަރަބި ކިޔަވާނަން" ނަމުގައި ޕްރޮގްރާމެއް ފެށުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

 

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖުލައި ވާ ހޮނިހިރު ދުވަހު ހެނދުނު 8 ން މެންދުރު 12 ޖަހަންދެން ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައެވެ.

 

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުންމަތީގެ ފަރާތްތަކަށެވެ. އަދި އެފަރާތްތަކުން ޖުލައި 1 ވަނަ ދުވަހުގެ ކުރީން ފޯމު ހުށަހެޅުމަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އެދިލައްވައެވެ. މި ޕްރޮގްރާމްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން އެންމެފުރަތަމަ ފޯމު ހުށަހަޅާ 30 ފަރާތަށެވެ.

 

ޕްރޮގްރާމުގައި ބައިވެރިވުމަށް: https://forms.gle/RuUzWFRLJTcexe5w7


  • ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒު
  • ކޮމެންޓް