މުދަލު ޒަކާތް ބަހައިފި – ބޮލަކަށް 5000 ރުފިޔާ

މިއަހަރުގެ މުދަލު ޒަކާތް ބަހައިފިއެވެ.

 

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވަނީ  2852 ފަގީރުން ކަމަށެވެ. އަދި ކޮންމެ މީހަކަށް (ބޮލަކަށް) 5000 ރުފިޔާގެ ރޭޓުން މިއަހަރުގެ މުދަލު ޒަކާތް އިއްޔެ ބަހާފައިވާ ކަމަށެވެ.

 

ފައިބެއަހަރު ބޮަލަކަށް ޖެހުނީ 4000 ރުފިޔާއެވެ.

 

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބަކަށްވާއިރު، އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ.

 

އެ މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9،353.4 ރުފިޔާއެވެ.

 

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ.

 

އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކުގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

 


  • ޒަކާތު ހައުސް
  • ޒަކާތް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް