ޕާސްޕޯޓުގެ ހިދުމަތް މިއަދު ލިބޭނީ މާލެ ސަރަހައްދުން އެކަނި

ޕާސްޕޯޓުގެ ހިދުމަތް މިއަދު ލިބޭނީ މާލެ ސަރަހައްދުން އެކަނި ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

 

އެ އިދާރާ އިން ވިދާޅުވީ މިއީ ހިޖުރީ އައު އަހަރާއި ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވާތީ ނިންމާފައިވާގޮތެއް ކަމަށެވެ. އަދި އިމުގަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދިހުށަހެޅޭނެ ކަމަށް ވިދާޅުވިއެވެ.

 

މީގެއިތުރުން އިމިގްރޭޝަނަށް ހާޟިރުވެ، ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކަމުގައި ވިދާޅުވިއެވެ. އެ އިދާރާ އިން ވިދާޅުވީ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހެނދުނު 9 ން މެންދުރު 2 ޖަހަންދެން ކަމަށެވެ. އަދި ޕާސްޕޯޓާއި ހަވާލުވުމަށް އެވަގުތުތަކުގައި ނަންބަރު ދޫކުރާނެ ކަމަށް ވެސް ހާމަކުރައްވައެވެ.

 

އިމިގްރޭޝަނުން އަންނަނީ ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މުވައްޒަފުން ހަރަކާތްތެތިވަމުންނެވެ.

 


  • އިމިގްރޭޝަން
  • ކޮމެންޓް