ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތަކުގެ ބޭސް ފަރުވާއަށް އިންޝުއަރެންސް ދެނީ

ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް އިންޝުރެންސް ތައާރަފްކުރަން ނިންމައިފިއެވެ.

 

މި އިންޝުއަރެންސް ތައާރަފްކުރަނީ ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މުޙައްރަމް 1447 އިން ފެށިގެންނެވެ.

 

މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެންނެވެ. އެފަރާތްތަކަށް އިންޝުރެންސް ތައާރަފްކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށެވެ.

 

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

 

މި ދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރުކަން ފާހަގަކުރައްވައި، ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ހަރަދެއްކުރާކަމަށް ވެސް ވިދާޅުވިއެވެ. އޭގެތެރޭގައި ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަގުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް އެހީތެރިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 


  • ޒަކާތު ހައުސް
  • ޑރ. ޝަހީމް
  • ކޮމެންޓް