ހޯރަފުށިން އައިޑީ ކާޑުގެ ހިދުމަތް

ހއ. ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.

 

ޑީއެންއާރް އިން ހާމަކުރައްވާފައިވާގޮތުގައި 23 ރަށެއްގައި މި ހިދުމަތް މިހާރުދެމުންދާ ކަމަށާއި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފެށުން ކަމަށެވެ.

 

މީގެއިތުރުން ގިނަ ހިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ހިދުމަތް މިއަހަރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ސްރީލަންކާ، އިންޑިއާ އާއި އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.



ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތްތައް ދޭން ފެށި ފުރަތަމަ ގައުމަކީ މެލޭޝިއާއެވެ.



އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަހައްދުން ބޭރުން މި ހިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.



އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް  ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.

 


  • ހއ. އަތޮޅު
  • ޑީއެންއާރް
  • ކޮމެންޓް