ފ. ދަނރަބޫދޫގައި ހައިޑްރޮޕޯނިކްސް ތަމްރީންތަކެއް ފަށައިފިއެވެ.
އެރަށުގެ ދަނޑުވެރިންނަށާއި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ 23 ޖޫން އިން 12 ޖުލައިގެ ނިޔަލަށެވެ. މިއީ ވާރޭ ހިޔާ އަދި ހައިޑްރޮޕޮނިކްސް ނިޒާމުތައް އިމާރާތްކުރުމާއި އެކުގައި ކުރިއަށްދާ ޕްރޮގްރާމަކަށްވާތީ، މިއީ ހައިބްރިޑް މޯޑެއްގައި ކުރިއަށްދާ ޕްރޮގްރާމެކެވެ.
ތައްޔާރުކުރާ 20 ނިޒާމްގެ ތެރެއިން 10 ބައިވެރިންނަށް ނިޒާމުތައް ލިބޭނެއެވެ. އެއީ ކޮންމެ މީހަކަށް ފަތްޕިލާވެލި ހައްދާ އެއް އެން.އެފް.ޓީ ނިޒާމާއި، މެލަނާއި ކިއުކަންބާ ހައްދާ އެއް ނިޒާމެވެ. އެހެންނަމަވެސް، ރަށުގައި ހިންގޭ ތިއަރީ ކްލާސްތަކުގައި އިތުރު ބައިވެރިން ބައިވެރިވާނެއެވެ.
ތަމްރީނު ޕްރޮގްރާމް ހިންގަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ އޮފިސަރުން ކަމުގައިވާ ޚާލިދު ޔޫސުފާއި އަބްދުއްލަޠީފް މޫސާއެވެ.