ޚަބަރު ރާއްޖެ

ފުވައްމުލައް ސިޓީ ކައުންސިލް ޤުރްއާން މުބާރާތް ބާއްވައިފި

ފުވައްމުލައް ސިޓީ ކައުންސިލް ޤުރްއާން މުބާރާތް ބާއްވައިފިއެވެ.

 

އިސްލާމިކް މިނިސްޓްރީ އާ ފުވައްމުލައް ސިޓީ ކައުންސިލު ގުޅިގެން މި މުބާރާތް ބޭއްވީ އެސިޓީގެ ދަރީންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މަތިވެރި މަގުސަދުގައެވެ.

 

ޖޫން މަހުގެ 23 އިން 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތަކީ ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ޤުރުއާން ކުލާސްތަކާއި ކުލަބް ޖަމްއިއްޔާ ޖަމާޢަތްތަކަށް ހުޅުވައިލައިގެން ބޭއްވި މުބާރާތެކެވެ. މި އަހަރު ހަތް ސްކޫލާއި ތިން ޤުރުއާން ކްލާހަކާއި ޖަމްއިއްޔާއަކުން 233 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

 

މީގެއިތުރުން ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ގޮތްޕެއް ހިމަނައި، 28 ދަރިވަރުން ވާދަކޮށްފައިވެއެވެ.

 

ދެ ގުރޫޕަކަށް ބަހައިލައިގެން ބޭއްވި މި މުބާރާތުގެ ޖޫނިއަރ ގްރޫޕްގައި ހިމެނެނީ ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް 1، 2 ގެ ދަރިވަރުންނެވެ. ސީނިއަރ ގްރޫޕްގައި ހިމެނެނީ ސާނަވީ (ކީ ސްޓޭޖް 3، 4) އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) ވަކީން ދެ ގްރޫޕެއްގެ ގޮތުގައެވެ.

 

މިއަހަރުގެ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީއާއި އަލްޤާރީ މުޙައްމަދު ވަޙީދާއި އަލްޤާރީ އަޒްލީނާ އިބްރާހިމެވެ. މުބާރާތުގެ އިސްފަނޑިޔާރުގެ ގޮތުގައި ފަނޑިޔާރުކަން ކުރެއްވީ އަލްޤާރި މުޙައްމަދު ތައުފީޤް ޢަލީއެވެ.

މި މުބާރަތަކީ ދީނީ ކަންކަމަށް އެހީވާ ފަންޑުގެ އެހީތެރިކަމާ އެކު، ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

 


  • ފުވައްމުލައް ސިޓީ
  • ކީރިތި ޤުރްއާން
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް