ގަވާއިދާ ހިލާފަށް އުޅުނު 15 ބިދޭސީން ރަށު މާރުކޭޓުން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ މިއީ ވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސް އިން ކުރިއަށްގެންދިޔަ ރެއިޑުގައި ފެނުނު މީހުން ކަމަށެވެ.
އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަންގައި 37 ފަރާތެއް ޗެކްކޮށްފައިވާއިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 10 ފިރިހެނުންނާއި 05 އަންހެނަކު ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އިމިގްރޭޝަނުން ގެންދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އޮޕަރޭޝަންތައް ހިންގަމުންނެވެ.