ރާއްޖެ

ރާއްޖެއަކީ މަތީ ތައުލީމު އެކްސްޕޯޓުކުރާ ގައުމަކަށް ހެދުން މުހިންމު: މިނިސްޓަރ

ރާއްޖެ އަކީ މަތީ ތައުލީމު އެކްސޕޯޓްކުރާ ގައުމަކަށް ހެދުމަކީ މުހިންމު ކަމެއްކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްއެމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މަތީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރުމަށް މިނިސްޓްރީގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުންނެވެ.

 

މިނިސްޓަރު ވިދާޅުވީ މިކަން ހާސިލުކުރުމަށް އެތައް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެގޮތުން މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީ އާއި އިންސްޓިޓިއުޓްތަކާއި ބައްދަލުކޮށް، މަތީ ތައުލީމަށް ރާއްޖެ ހުޅުވާލާއިރު، އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށެވެ.

 

މީގެއިތުރުން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް މަތީ ތައުލީމު ހާސިލުކުރުމަށް އައުމަކީ ރާއްޖެއަށް އިތުރު އާމްދަނީއެއް ލިބިގެންދާނެ ކަމެއް ކަމަށާއި މިއީ ފެށުމަށް ނިންމާފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

 

ކޮމެންޓް