ރާއްޖެ

ޣައްޒާގެ މުސްލިމުން ރޯދަ ވީއްލަން "ހޮޓްމީލް ޕެކް" މިއަހަރުވެސް – އެންމެ 97 ރުފިޔާއަށް

ޣައްޒާގެ މުސްލިމުންނަށް ރޯދަ ވީއްލުމަށް "ހޮޓްމީލް ޕެކް" ފޯރުކޮށްދިނުމުގެ ފުރުސަތު މިއަހަރު ވެސް ހުޅުވާލާފައިވާކަމަށް ދަ ވައިބް ޖަމްއިއްޔާ އިން ހާމަކޮށްފިއެވެ.

 

ދަވައިބް ގެ ކޯ ފައުންޑަރ އަދި އެގްޒެގެޓިވް ޑިރެކްޓަރ ފާތިމަތު ވަހީދާ 'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރުގެ ހަރަކާތް ވެސް ކުރިއަށްގެންދަނީ ޚިދުމަތް ޖަމްއިއްޔާ އާ ގުޅިގެން ކަމަށެވެ. އަދި 'ހޮޓްމީލް ޕެކް" ގެ އަގަކީ އެންމެ 97 ރުފިޔާ ކަމަށެވެ.

 

މިއީ ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ސިލްސިލާ ފަންޑް ރެއިސިންގ ކެމްޕެއިންގެ ދަށުން ހިންގާ ހަރަކާތެއް ކަމަށް ވެސް ވިދާޅުވިއެވެ.

 

" މިއަހަރުވެސް ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުންނަށް ރޯދަވީއްލުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު މިވަނީ ހުޅުވާލާފަ. މިދިޔަ އަހަރުގެ އަޅުގަނޑުމެން މި ޕްރޮގްރާމް ކުރިއަށް ގެންދިޔަކީ ފަހު 10 އެއްގައި، 10 ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އާންމުންގެ ބޮޑު އެހީތެރިކަމެއް ލިބުނު."

 

އެހެންކަމުން މިއަހަރު މުޅި ރަމަޝާން މަހަށް މިފުރުސަތު ހުޅުވާލާފައިވާއިރު، ރަމަޝާން މަހުގެ ފުރަތަމަ 15 ނިމުނުއިރު، އާންމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޚިދުމަތް ޖަމްއިއްޔާގެ އެހީތެރިކަމާއިއެކު، ރަމަޝާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޣައްޒާގައި ރޯދަވީއްލުމަށް 'ހޮޓްމީލް' ފޯރުކޮށްދެމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ހަރަކާތްތައް އެ ޖަމްއިއްޔާ އިން މީސްމީޑިއާގެ އެކި މަންސަތަކުގައި ވެސް ދަނީ އާންމުކުރަމުންނެވެ.

 

ފާތިމަތު ވަހީދާ ވަނީ ޚިދުމަތް ޖަމްއިއްޔާގެ އެހީތެރިކަމަށް އިޚްލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.

 

ދަ ވައިބް ޖަމްއިއްޔާއިން ފާހަގަކުރައްވާ ގޮތުގައި މި ރަމަޟާން މަހު ސަދަގާތްކުރުމަށް، ހާއްސަކޮށް، ބޮލަކަށް 97 ރުފިޔާ ހޭދަކޮށްގެން ޣައްޒާގެ އަޚުންނާއި އުހްތުންނަށް ރޯދަވީއްލުމަށް އެހީތެރިކަން ފޯރިކޮށްދެވޭއިރު، މި ޕެކޭޖުގެ އިތުރުން ކިތަންމެ ކުޑަ އަދަދަކުން ވިޔަސް، އެ ބޭފުޅަކު ބޭނުންވާ މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަަމަށެވެ.

 

އެހެންކަމުން ޚިދުމަތް ޖަމިއްޔާއާއެކު ކުރިއަށްގެންދާ މި ކެމްޕެއިންގެ ދަށުން ޣައްޒާގެ ރައްޔިތުންނަށް ރޯދަވިއްލުމަށް އެހީތެރިވުމަށް ތިރީގައިވާ އިސްލާމިކް ބޭންކުގެ އެކައުންޓު ނަންބަރަށް އެހީ ފޮނުއްވުމަށް ދަ ވައިބް ޖަމިއްޔާއިން އެދިލައްވައެވެ.

 

MVR 90101000555161001

 

USD 90101000555162000

 

 

ކޮމެންޓް