މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުކަމަށް ދެ ބޭފުޅުން އައްޔަންކޮށްފިއެވެ.
ޕެންޝަން އޮފީހުން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެ ދެބޭފުޅުން ބޯޑު މެންބަރު ކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެން ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އެ ދެ ބޭފުޅުން ވެސް ބޯޑަށް އައްޔަންކޮށްފައިވަނީ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުންގެ ހައިސިއްޔަތުން ކަމަށް ވަނީ ހާމަކުރައްވާފައެވެ.
ސަރުވަޝް އަކީ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް މަގާމު މީގެކުރިން އަދާކުރައްވާފައިވާ ފަރާތެކެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ފައިބެއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭރު އޭނާ ގެންދެވީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގެ ވެސް އަދާކުރައްވަމުންނެވެ.
މީގެއިތުރުން މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޗެއަރޕާރސަންގެ މަގާމު ވެސް ސަރުވަޝް އަދާކުރައްވާފައި ވެއެވެ.
މަޖީދު ވަނީ މީގެކުރިން ވެސް ޕެންޝަން އޮފީހުގެ ބޯޑު މެންބަރުގެ މަގާމު އަދާކުރައްވާފައެވެ. އެއީ 2022 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ ބޭންކް އޮފް ސިލޯނުގައި ވެސް މަސައްކަތް ކުރައްވާފައެވެ.