ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކެނެޑާގެ އައު ބޮޑުވަޒީރު ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީ، މަގާމާއި ހަވާލުވެވަޑައިގަތުމުން އެ މަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކެނެޑާގެ އައު ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީއަށް ރައީސް ތަހުނިޔާ ވިދާޅުވީ އެ މަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ.
މި މެސެޖުގައި ކަރނީގެ ޒައާމަތުގައި އެގައުމުގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަން ޔަގީން ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އައު ބޮޑުވަޒީރަށް ކާމިޔާބީއާއި ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެންފައި ވެއެވެ.
މީގެއިތުރުން ކެނެޑާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.