ރާއްޖެ

އަތޮޅުތަކާއި ރަށްތަކުގެ ނަން ލިޔުމަށް ހާއްސަ ކޯޑުތަކެއް

ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ލިޔުމަށް ހާއްސަ ކޯޑުތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

 

އެމަނިކުފާނު ކަނޑައަޅުއްވާފައިވަނީ ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތުގެ ކޯޑުތަކެކެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިކަން ރައީސް ކަނޑައެޅުއްވުމާއި ގުޅިގެން ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބާ (ޕަބްލިކޭޝަން) ތަކާއި މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ބަސްދާރު (ޑޭޓާބޭސް) ތަކާއި، ވެބްސައިޓްތަކުގައި ބޭނުންކުރުމަށް ވަނީ އަންގަވާފައެވެ.

 

މީގެއިތުރުން މީސްމީޑިއާގެ ވަސީލަތްތަކުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ބޭނުންކުރަންވާނީ ގަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގައި ކަނޑައަޅައިފައިވާގޮތަށް ކަމަށް ވެސް އަންގަވާފައި ވެއެވެ.

 

މި ކަމާގުޅޭ ދެންނެވުން:ލިންކުން 

 


ކޮމެންޓް