ރާއްޖެ

6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައިފި

މަގުމަތީ އަގު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައިފިއެވެ.

 

ކަސްޓަމްސް އިން ވިދާޅުވީ މިތަކެތީގެ ބަރުދަނުގައި 3.534 ކިލޯ ގްރާމް ހުރިކަމަށާއި މިތަކެތި އަތުލައިގަނެފައިވަނީ މާރިޗު 12 ވަނަ ދުވަހު ކަނޑުގެމަގުން ރާއްޖެ އައި ޝިޕްމެންޓެއް ބަލައި ފާސްކުރުމަށް މާރިޗު 13 ވަނަ ދުވަހުގެ ފަތިހު ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރޭގައި ކަމަށެވެ.

 

މިގޮތުން އަތުލެވުނު މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، 1086 ގްރާމް ކެޓަމިން (Ketamine)، 2138 ގްރާމް މެތަމްފެޓަމިން (Methamphetamine) އަދި 310 ގްރާމް ހެރޮއިން (Heroin) އަށް ޕޮޒިޓިވްވެފައިވާކަމަށް ވިދާޅުވިއެވެ.

 

މި މައްސަލަ އިތުރަށް ތަހްގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައިވާކަމަށް ވެސް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.   

  

 

ކޮމެންޓް