މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން އޭނާ ވަނީ "އެކްސް" ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ހާމަކުރައްވާފައެވެ.
އެ ޕޯސްޓުގައި ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއިގުޅިގެން މާލެ ސިޓީ ކައުންސިލުގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އޭނާގެ އިސްތިއުފާގެ ސިޓީ ވަނީ މާލޭގެ މޭޔަރު އާދަމް އާޒިމަށް ވެސް ފޮނުއްވާފައެވެ. އަދި އެ ސިޓީ ވަނީ މީސްމީޑިއާގައި ހިއްސާ ވެސް ކުރައްވާފައެވެ. އިސްތިއުފާގެ ސިޓީގައި 20121 ވަނަ އަހަރުގެ ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި މާފަންނު މެދު ދާއިރާގެ މެންބަރުން އޭނާއަށް އިތުބާރުކޮށް، ތަނަވަސް އަޣުލަބިއްޔަތަކުން އިންތިހާބުކޮށްދިނީތީ ޝުކުރު އަދާކުރާ ކަމަށެވެ.
"ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ދުވަސްވަރަކީ ވަޒީފާގެ މާހައުލުގައި ހޭދަކުރެއްވި އެންމެ އުފާވެރި ދުވަސްތައް. އޭނާ އެ މަގާމަށް އިންތިހާބު ކުރަން ތާއީދުކުރައްވައި ވޯޓު ދެއްވި ކައުންސިލަރުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ."
ޑެޕިއުޓީ މޭޔަރުކަން ނަރީޝަށް ލިބިވަޑައިގަތީ މިހާރުގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އާއި ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީއާ ވާދަކުރައްވައިގެން ވަރަށް ހަނިކޮށް ކާމިޔާބު ކުރައްވައިގެންނެވެ.
އޭނާ މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް އިންތިހާބުކުރީ 19 ކައުންސިލަރުންގެ ތެރެއިން 12 ކައުންސިލަރުންގެ ވޯޓުންނެވެ.