ރާއްޖެ

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް މިފްކޯ އާއި އެންސީއެސް މަޝްވަރާކޮށްފި

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން ނޭޝަނަލް ކެރިއަރ ސަރވިސަސް (އެންސީއެސް) އަދި މޯލްޑިވިސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

 

މި މަޝްވަރާ ބައްދަލުވުމުގައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮއްދިނުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލައިފައެވެ. އެގޮތުން މިފްކޯގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުން ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަށް މަސައްކަތްކުރައްވާނެކަން މި ބައްދަލުގައި ވަނީ ހާމަކުރައްވާފައެވެ.

 

ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމާއި ހާއްސަކޮށް ސަރުކާރު ނިސްބަތްވާ ކުންފުނިތަކުގައި، ވަޒީފާ އަދާކުރާ ދިވެހިންގެ އަދަދު އިތުރު ކުރުމަށް ދިވެހި ސަރުކާރުން ދަނީ އެންސީއެސް މެދުވެރިކޮށް މިފަދަ ބައްދަލުވުންތައް ބާއްވާ، ތަފާތު އެކި މަސައްކަތްތަކެއް ކުރަމުންނެވެ.

 


ކޮމެންޓް