ޚިދުމަތް ޖަމްއިއްޔާ އިން އއ. އުކުޅަހު ފުރުޤާން މިސްކިތް މަރާމާތުކޮށްފިއެވެ.
އެ ޖަމްއިއްޔާއިން ބުނީ ޖާގައިގެ ދަތިކަން ދިމާވެފައިވާ އުކުޅަހު މަސްޖިދުލް ފުރުޤާނުގެ ގޯތިތެރޭގައި ނަމާދު ކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމަށް މަރާމާތަށް ބޭނުންވާ ފައިސާގެ އެހީތެެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މިރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެރަށު ކައުންސިލުގެ ފަރާތުން މިކަމުގެ އެހީތެރިކަމަށް އެދުނީ މިދިޔަ ޖެނުއަރީމަހު ކަމަށާއި އެއާއެކު އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމްއިއްޔާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފަންޑެއް ހުޅުވާލި ކަމަށް ބުންޏެވެ. އަދި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުރުމުއްދަތެއްގެ ތެރޭގައި މިމަސައްކަތަށް ބޭނުންވާ ފައިސާ ހަމަކޮށް ކައުންސިލާއި ހަވާލުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު 137,521.20 ރުފިޔާ ކައުންސިލާއި ހަވާލުކޮށްފައިވާކަމަށް ޚިދުމަތް ޖަމްއިއްޔާ އިން ހާމަކުރެއެވެ. ހާއްސަކޮށް ހޯޕް ޖަމްއިއްޔާގެ ފަރާތުން އިސްނަގައިގެން ޚިދުމަތް ޖަމިއްޔާއެކު ރާއްޖޭގައި މިފަދަ މަޝްރޫއުތައް ކާމިޔާބު ކަމާއިއެކު ނިންމާލުމަށް ވެދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު ވަނީ އަދާކޮށްފައެވެ.
ޚިދުމަތް ޖަމްއިއްޔާގެ ފަރާތުން މިހާރުވެސް ވަނީ ރާއްޖޭގެ 6 މިސްކިތެއްގެ ސޯލާ ހަރުކުރުމާއި ރާއްޖޭން ބޭރުގައި މިސްކިތް ބިނާކުރުމުގެ މަޝްރޫއު ފަށާފައެވެ. ރާއްޖޭގައި މިސްކިތް މަރާމާތުކުރުމުގެ އެކިއެކި މަޝްރޫއުތައް ފައިބެއަހަރުވެސް ކާމިޔާބު ކަމާއެކީ ވަނީ ނިންމާލެވިފައެވެ.
އެގޮތުން ސޯލާހަރުކުރުމާއި ނެވިލޯން އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ. މިއަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާއިރު، މިމައްސަރަކީ ދެމިގެންދާނެ ހެޔޮ ސަދަގާތަކަށް ރަނުގެ ފުރުސަތެކެވެ.
މިސްކިތްތައް އިމާރާތްކުރުމަށާއި މިސްކިތްތައް މަރާމާތުކުރުމާއި އަދިވެސް މިސްކިތްތަކަށް ބޭނުންވާ އެހެނިހެން ހަރަދުތައް ކުރުމަށް އެހީތެރިވެދިނުމުގެ ފުރުސަތު އަބަދުވެސް ވަނީ ހުޅުވާލެވިފައެވެ.
މި ފަންޑަށް ލިބޭ ފައިސާ ހަރަދު ކުރާނީ މިސްކިތް އިމާރާތް ކުރުމަށާއި މަރާމާތު ކުރުމާއި މިސްކިތުގެ އެކި ބޭނުންތަކަށެވެ. އެ ޖަމްއިއްޔާގެ ފަރާތުން މިސްކިތް ފަންޑުން އިދާރީ ހިންގުމަށް އެއްވެސް ހަރަދެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.
ޚިދުމަތް – 7770000141496