ރާއްޖެ

ޝިޔާމް، އެމްޕީއެލް ބޯޑުން ވަކިކޮށްފި

ޝިޔާމް އިބްރާހިމް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފިއެވެ.

 

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން ހާމަކުރައްވާ ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ގއ. ދެއްވަދޫ، އޯޝަންރީޑް ޝިޔާމް އިބްރާހިމް ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަކިކޮށްފައިވަނީ މިއަދު ކަމަށެވެ.

 

އެމްޕީއެލްގައި 25 އަހަރު ހިދުމަތްކުރައްވާފައިވާ ޝިޔާމް، އެކުންފުނީގެ ބޯޑަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

 

ޕީސީބީން ދާދިފަހުން ވަނީ އެމްޕީއެލްގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް ވެސް މަގާމުން ވަކިކުރައްވާ، އެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޝްވާން އައްޔަން ކުރައްވާފައެވެ. 

 


ކޮމެންޓް