މަރުކަޒީ ބޭންކު، އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވަމުންގެންދެވި އަހްމަދު ޒަޔާން މުހައްމަދު އެމަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓްގެ ވެރިޔަކަށް ހުންނެވި ޒަޔާން އިސްތިއުފާގެ ނޯޓިސް މެއި މަހު 15 ގެ ނިޔަލަށް ދެއްވާ، އިސްތިއުފަގެ ނޯޓިސް ވެސް ފޮނުއްވާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އޭނާ އިސްތިއުފާ ދެއްވަނީ އިގްތިސާދީގޮތުންނާއި މާލީ ގޮތުން މިހާރު އަޅަމުންދާ ބައެއް ފިޔަވަޅުތަކާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާތީ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
ފިނޭންސްގައި އިސް އިކޮނޮމިސްޓެއްގެ ގޮތުގައި ޒަޔާން ހިދުމަތް ކުރައްވަމުން ގެންދަވާތާ ފަސް އަހަރު ވެއްޖެއެވެ.