ކުޑަހޭދައަކުން ފަލަސްތީނަށް އެހީވުމުގެ ފުރުސަތު އިސްރާ ޖަމްއިއްޔާ އިން ހުޅުވާލައިފިއެވެ.
އެ ޖަމްއިއްޔާ އިން 'އޮއިވަރު' އަށް މައުލޫމާތުދީފައިވާ ގޮތުގައި މިއީ މުސާރައިގެ 1 އިންސައްތަ ހޭދަކުރައްވައިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލި ފުރުސަތެކެވެ. އަދި މަގްސަދަކީ އެއް އަހަރުގެ ތެރޭގައި މަދުވެގެން 5000 މީހުން ބައިވެރިކުރުން ކަމަށެވެ.
" ކޮންމެ ބޭފުޅަކުވެސް މުސާރައިގެ އެންމެ ޕަސެންޓެއް ކޮންމެ މަހަކުވެސް ހޭދަކުރައްވައިގެން ފަލަސްތީނުގެ ރައްޔިތުންނަށް ބޮޑުހޭދައެއް ކުރެއްވިދާނެ."
މި މަޝްރޫއުގެ ދަށުން ޖަމާކުރާ ފައިސާގެ އަދަދާއި އެހީތެރިކަން ފޯރުކޮށްދޭ ކައްތަައްތަކުގެ މައުލޫމާތު އެޖަމްއިއްޔާގެ ފޭސްބުކް ޕޭޖުން ކޮންމެމަހަކު ވެސް ފެންނަން ހުންނާނެކަމަށް ވެސް މައުލޫމާތު ދިނެވެ. އަދި މިއީ މާއުނދަގޫ ކަމެއް ނޫން ކަމަށާއި ހަމައެކަނި ކުރަންޖެހޭ ކަމަކީ އެކަމަށް ހާއްސަކޮށްފައިވާ ގޫގަލް ފޯމު ފުރުން ކަމަށް އިސްރާ ޖަމްއިއްޔާ އިން ހާމަކުރައްވައެވެ.
އިސްރާ ޖަމްއިއްޔާ އިން ގެންދަނީ ތަފާތުއެކި ހަރަކާތްތައް ހިންގައިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ އެކިހަރަކާތްތައް ހިންގަމުންނެވެ.
ފަލަސްތީނަށް އެހީވުމަށް ފުރަންޖެހޭ ގޫގަލް ފޯމް: https://forms.gle/ZJeCGreahUEahgTy6