މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން، ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ.
ހުޅުމާލެ ޓްރީ ހައުސްގައި ބޭއްވި ހަފްލާގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ، އަޙުމަދު ނަރީޝްއާއި އެހެން ކައުންސިލަރުން ވެސްވަނީ ބައިވެރިވެފައެވެ.
މާރިޗު މަހުގެ 8 ވަނަ ދުވަހު ބޭއްވި މި ހަފްލާގައި މާލެ ސިޓީގެ ދާއިރާއަކަށް ނިސްބަތްވާ އަންހެން ދަރިވަރަކު ކީރިތި ޤުރުއާން ހިފްޒުކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެފައިވާތީ، ޑަބްލިޔުޑީސީގެ ފަރާތުންވަނީ އެކަން ފާހަގަކޮށް، އެ ފަރާތަށް ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވާފައެވެ.
މި ހަފްލާގައި މޭޔަރ ޢާޒިމްވަނީ ދުވަހާ ގުޅިގެން ވާހަކަ ދައްކަވާފައެވެ. އަދި މި ހަފްލާގައި އަންހެނުންގެ ދުވަހާ ގުޅިގެން ހާއްސަ ދީނީ ދަރުހެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ބައިނަލްއަގްވަމީ އަންހެނުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ، މިންތީގެ ހަމަހަމަކަމާއި ކުރިއެރުމުގެ މުހިއްމުކަން ބޮޑުކަން އަންގައިދިނުމުވެ. މި ހަފްލާ ނިންމާލާފައި ވަނީ ރޯދަވީއްލުމަކާއެކުގައެވެ.