ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެދިއްޖެއެވެ.
އެ އިދާރާ އިން ވަނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭކަން ހާމަކޮށްފައެވެ. އަދި މި މަހުގެ 11 އާއި 12 ވަނަ ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށް ބުނެފައެވެ.
މީގެއިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވެސް ލަފާކޮށްފައި ވެއެވެ. އެހެންވެ، މޫސުމަށް ސަމާލުވެ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައި ވެއެވެ.